ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި
ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ، ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. މި ވީޑިއޯ އާންމުވުމާއެކު ދިވެހިންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރި ބަޔަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ބިދޭސީން މެދުވެރިކޮށް އެއް ޖިންސުން ކައިވެނިކޮށްދިނުން ފަދަ އިސްލާމްދީނާއި ގާނޫނާ ޚިލާފު އަމަލުތައް ނުހިންގުމަށް ހަރުކަށި އިންޒާރުދީ، ރާއްޖޭގެ ރިސޯޓެއްގައި ހިނގި އެފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ، ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. މި ވީޑިއޯ އާންމުވުމާއެކު ދިވެހިންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރި ބަޔަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ހުއްދަކުރާ ކަމަކަށް ނުވާތީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވެފައި، ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވުމުން، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިފަދަ ހުތުރު އަދި ގާނޫނާ ޚިލާފު އަމަލުތައް ހިންގައި ނުދިނުމަށް ފުލުހުން ވަނީ ވަރަށް ހަރުކަށިކޮށް އަންގާފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް