ގައުމިއްޔަތުގެ ނަމުގައި ވެރިކަމަށް ވަޑައިގެން ގައުމު ވިއްކާލުމަކީ މުނާފިގުވުން: ނަޝީދު
ގައުމިއްޔަތުގެ ދިފާއުގައި ވާހަކަދައްކަވައި ގައުމީ ދިދައަށް ބޮސްދެއްވައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ދިވެހި ގައުމު ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ "މުނާފިގުވުން" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ގައުމިއްޔަތުގެ ދިފާއުގައި ވާހަކަދައްކަވައި ގައުމީ ދިދައަށް ބޮސްދެއްވައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ދިވެހި ގައުމު ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ "މުނާފިގުވުން" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާ ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ދަށްވަމުންދަނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްޓަކައި ގައުމިއްޔަތުގެ ވާހަކަތަކުން ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލެއްވި ނަމަވެސް، އަމަލީ މައިދާނުން އެ ސިފަތައް ނުފެންނަކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
"ކުރާނެ ކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައްޔިތުން ގާތުގައި ގައުމިއްޔަތުގެ ވާހަކަ ދައްކަވާފައި ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ފާހަގަކުރެއްވި އިތުރު ކަންކަން:
ދެފުށް ނުފެންނަ އަމަލުތައް: ސަރުކާރުން މިހާރު ކުރިއަށްގެންދާ މުހިންމު ކަންކަމުގައި ދެފުށްފެންނަ އުސޫލެއް ނެތުން.
ތައުލީމީ ދާއިރާއަށް ނުފޫޒުފޯރުވުން: ތަޖުރިބާކާރުންގެ އަލީގައި އެކުލަވާލާފައިވާ ސްކޫލް މުގައްރަރުތައް އެންމެ ފޯނު ކޯލަކުން ބަދަލުކުރުމުގެ ސަބަބުން، ދަރިވަރުންނާއި މުދައްރިސުންނަށް ޕްރެޝަރު ބޮޑުވެ ކިޔެވުމުގެ ޝައުގު މަރުވަމުންދިއުން.
ޒުވާން ޖީލު ހަލާކުވުން: ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގާބިލު، ހުލްގުހެޔޮ ޒުވާން ޖީލެއް އުފެދުމަށް ހުރަސްއެޅެމުންދިއުން.
އިގްތިސާދީ ސިޔާސަތެއް ނެތުން: މާލިއްޔަތާއި އިގްތިސާދީ ސިޔާސަތުތައް ސަރުކާރަށް ނޭނގުމުގެ ސަބަބުން ދިވެހިން ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެމުންދިއުން.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި، ގައުމީ މުހިންމު ކަންކަމުގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުކުރައްވަމުން ގެންދެވުމަކީ ގައުމުގެ ހާލަތު އިތުރަށް ގޯސްވާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް