ބަނޑޭރިކޮށި އަލުން ތަރައްގީކުރުމުގެ މަޝްރޫއު ފަށަނީ
ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި ތިބޭ މުއްދަތުގައި އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން، ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި، އެ ތަނުގައި މިހާރު ދިރިއުޅޭ އާއިލާތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ހައްލު ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމްއެންޑީއެފް( އިން ހާމަކޮށްފިއެވެ.
ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި ތިބޭ މުއްދަތުގައި އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން، ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި، އެ ތަނުގައި މިހާރު ދިރިއުޅޭ އާއިލާތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ހައްލު ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، ސިފައިންނާއި ފުލުހުންނަކީ ގިނަ ވަގުތު އާއިލާއާ ދުރުގައި ގައުމީ ޚިދުމަތުގައި ހޭދަކުރަންޖެހޭ ބަޔަކަށް ވާތީ، އެ މީހުންގެ ވެލްފެއާގެ ޚިދުމަތްތަކާއި އިނާޔަތްތައް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިއަހަރުގެ ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބަނޑޭރިކޮށި ސަރަހައްދުގައި ހައުސިން މަޝްރޫއެއް ފައްޓަވާނެކަން އިއުލާނުކުރައްވާފައެވެ.
މަޝްރޫއު ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތް:
ފިޔަވަހިތަކަށް ބަހާލުން: މި މަޝްރޫއަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭއިރު، އެތަނުގައި މިހާރު ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވާނެ ދަތިތައް ކުޑަކުރުމުގެ ގޮތުން މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހި (ބަނޑޭރިކޮށި 1): އެންމެ ފުރަތަމަ ތަރައްގީކުރަން ކަނޑައަޅާފައިވަނީ ބަނޑޭރިކޮށި 1 އެވެ. އެހެންކަމުން އެތަނުގެ އެޕާޓްމަންޓްތައް ހުސްކުރުމުގެ ކުރިން، ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްރޫއުގެ މައުލޫމާތު ހިއްސާކޮށް، ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަލުން ބަދަލުކުރުން: ބަނޑޭރިކޮށި 1 ގެ ތަރައްގީގެ މަސައްކަތް ނިމުމުން، އެތަނުގައި ކުރިން ދިރިއުޅުނު ފަރާތްތައް އަލަށް ހަދާ އެޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ އެޕާޓްމަންޓްތައް ބިނާކުރެވިގެންދާއިރު، މުޅި މަޝްރޫއު ނިމުމުން މިހާރު ދިރިއުޅޭ މީހުންގެ އިތުރުން، ޚިދުމަތުގައި ދެމިތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް