ޗައިނާއަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފަހިކުރަން އެއްބަސްވުމަކަށް
ރާއްޖެއިން ޗައިނާގެ ބާޒާރަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، މިފްކޯއިން ޗައިނާގެ ކުންފުންޏަކާއެކު މިއަދު ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއިން ޗައިނާގެ ބާޒާރަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، މިފްކޯއިން ޗައިނާގެ ކުންފުންޏަކާއެކު މިއަދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ހަވާސާގައެވެ. މިފްކޯގެ ފަރާތުން ސީއީއޯ މުހައްމަދު އަނަސް ސޮއިކުރެއްވިއިރު، ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.
އެއްބަސްވުމުގެ މައިގަނޑު ބައިތައް:
ދެ ކުންފުނީގެ ދައުރު: މަސް ފޯރުކޮށްދޭ މައި ފަރާތަކީ މިފްކޯއެވެ. ސައިނޯމެކް ހައިނާންގެ ޒިންމާއަކީ ޗައިނާގެ ބާޒާރުން ވިޔަފާރީގެ އާ ފުރުސަތުތައް ދެނެގަނެ، އެކަންކަން މަގުފަހިކޮށްދިނުމެވެ.
ފެންވަރާއި ގާނޫނީ އިންތިޒާމުތައް: މަހުގެ އުފެއްދުންތަކުގެ ކޮލިޓީ ހިފެހެއްޓުމާއި، ބަންދުކުރުމާއި (ޕެކޭޖިން)، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާގެ އިމްޕޯޓް ގަވާއިދުތަކަށް ފެތޭނެހެން ފުރިހަމަކުރަންޖެހޭ ގާނޫނީ މަރުހަލާތައް ދެ ކުންފުނި ގުޅިގެން ކުރިއަށްގެންދާނެއެވެ.
އަންނަ އަހަރުގެ ޕްލޭން: ފުރަތަމަ މަރުހަލާގައި ކުރިއަށްގެންދާ ދިރާސާތަކަށް ބަލައި، އަންނަ އަހަރުން ފެށިގެން އެކްސްޕޯޓުކުރާ މަހުގެ އަދަދު އިތުރުކުރުމުގެ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިފްކޯއިން ބުނި ގޮތުގައި މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ޖާގަ ހޯދައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖެއިން މިހާރު މައިގަނޑު ގޮތެއްގައި މަސް އެކްސްޕޯޓުކުރަމުން އަންނަނީ ޔޫރަޕްގެ ގައުމުތަކަށާއި، ތައިލެންޑުގެ އިތުރުން މޮރިޝަސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް