ހަބަރު

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ އުޖޫރަ ކުޑަކޮށް އޮތުމުން، އެ ފަރަގު ފިލުވައި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މަޖިލީހުގެ ރައީސްއާ އެއްވަރުވާނޭހެން ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

28 October 2026
އުއްތަމަ ފަނޑިޔާޜު ޣަނީ
އުއްތަމަ ފަނޑިޔާޜު ޣަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ އުޖޫރަ ކުޑަކޮށް އޮތުމުން، އެ ފަރަގު ފިލުވައި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މަޖިލީހުގެ ރައީސްއާ އެއްވަރުވާނޭހެން ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ބަދަލު ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިހާރު އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވަނީ 91,000 ރުފިޔާއެވެ. ނަމަވެސް، ޚާއްސަ އެލަވަންސެއްގެ ގޮތުގައި އިތުރު 4,125 ރުފިޔާ ހަމަޖައްސައިދިނުމުން، ޖުމްލަ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ ރައީސަށް ކުރިން ލިބިވަޑައިގެންނެވި 73,000 ރުފިޔާއަކީ ނައިބު ރައީސާއި އާންމު މެންބަރުންގެ މުސާރައަށްވުރެ ކުޑަ އަދަދަކަށް ވާތީ، މިދިޔަ ހަފުތާގައި މާލިއްޔަތު ކޮމިޓީން ވަނީ އެމަނިކުފާނުގެ އުޖޫރަ 95,000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައެވެ.

މުސާރަތަކުގެ ފަރަގު ކުޑަކުރުމުގެ ގޮތުން ކައުންސިލަރުންނާއި ވަޒީރުންގެ އުޖޫރައަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ކުރިން ބަދަލުތަކެއް ގެނެސްފައެވެ:


ކުރިން މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ 58,500 ރުފިޔާގެ އިތުރަށް، ކާރު އެލަވަންސާއި ޑްރައިވަރުންގެ ޚަރަދަށް 17,000 ރުފިޔާ (ޕެޓްރޯލަށް 2،000ރ، ޑްރައިވަރުގެ މުސާރައަށް 12،000ރ، އަދި ލިވިން އެލަވަންސަށް 3،000ރ) އިތުރުކުރަން ވަނީ ހަމަޖައްސާފައެވެ. މި ބަދަލާއެކު މިނިސްޓަރުންގެ ޖުމްލަ މުސާރަ ވަނީ މަހަކު 75,000 ރުފިޔާއަށް އަރާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް