މާލޭގެ 14 ބިމެއް ސަރުކާރަށް ނެގީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ކޯޓަށް ހިނގައްޖެ
މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ މުހިންމު 14 ބިމެއް ސަރުކާރަށް ނެގީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ މުހިންމު 14 ބިމެއް ސަރުކާރަށް ނެގީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އާޓިފިޝަލް ބީޗު ހިމެނޭހެން ގިނަ ބިންތަކެއްގެ މިލްކިއްޔާތު ސަރުކާރަށް ބަދަލުކުރީ، މާލެ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގައި އިންފްރާސްޓްރަކްޗާ ޚިދުމަތްތައް ދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލުގެ އާންމު ޖަލްސާގެ ރިޔާސަތުގައި އިންނަވައި ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒު ވިދާޅުވީ:
ބިންތައް ނަގަނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ބުނި ނަމަވެސް، އެއީ ކޮން މަޝްރޫއުތަކެއް ކަމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެ ބިންތަކާ ގުޅޭގޮތުން ޝަކުވާ ނުވަތަ ޚިޔާލު ހުށަހަޅަން މިނިސްޓްރީން ހުޅުވާލި ނަމަވެސް، ތަފްސީލު ހޯދަން ކައުންސިލުން ފޮނުވި އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބު ދީފައެއް ނުވެއެވެ.
ބިމާ ބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ، މި މައްސަލައިގައި ގޮތެއް ނިމެންދެން ވަގުތީ އަމުރަކަށް ކޯޓުގައި އެދުނީ ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.
ބިންތައް ސަރުކާރަށް ނެގުމުގެ އިތުރުން، ކައުންސިލަށް ދޭންޖެހޭ މާލީ އިނާޔަތްތައް ހިފަހައްޓާފައިވާ ކަމުގެ ކަންބޮޑުވުންވެސް ކައުންސިލަރުން މިއަދު ފާޅުކުރެއްވިއެވެ:
ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ދޭންޖެހޭ ބްލޮކް ގްރާންޓުގެ 74 މިލިއަން ރުފިޔާ ވަނީ ކަނޑާލާފައެވެ.
މާލީ ގޮތުން ދިމާވާ މި ދަތިތަކުގެ ސަބަބުން، މާލޭގެ ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް