ފީވަކު ނަރުދަމާ މަރާމާތު ކުރަން ސްޓެލްކޯއަށް
ށ. ފީވަކުގައި މިހާރު ބޭނުންކުރާ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫއު ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފް އެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ3.8 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.
ނަރުދަމާގެ މަސައްކަތުގެ އިތުރުންވެސް އުމްރާނީ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތައް ސަރުކާރުން މިވަގުތުވެސް ވީވަކުގައި ކުރިއަށްގެންދެއެވެ.
ސްޓެލްކޯއިން ދަނީ ރާއްޖޭގެ 35 ރަށެއްގައި މަސައްކަތް ކުރަމުންނެވެ. އަދި މި ކުންފުންޏަކީ ގްރޭޓާމާލެ ސަރަހައްދަށް ކަރަންޓުވެސް ދޭ ކުންފުންޏވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް