ސްޓެލްކޯ

ސްޓެލްކޯގެ އިތުރު ތިން އަތޮޅެއްގެ ހިދުމަތާ ހަވާލުވެއްޖެ

02 November 2026
ސްޓެލްކޯއިން ފެނަކައިގެ މަސައްކަތާ ހަވާލުވުމަށް ހިންގާ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ ރަށްތަކާ ވަނީ ހަވާލުވެފަ
ސްޓެލްކޯއިން ފެނަކައިގެ މަސައްކަތާ ހަވާލުވުމަށް ހިންގާ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ ރަށްތަކާ ވަނީ ހަވާލުވެފަ

ފެނަކައިގެ ދަށުގައި ހުރި ހިދުމަތްތައް ބަދަލު ކުރަން ހިންގާ މަސައްކަތުގެ ދަށުން އިތުރު ތިން އަތޮޅެއްގެ ކަރަންޓާއި ފެނުގެ ހިދުމަތް ބެލެހެއްޓުމާ އެ ކުންފުނިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފ،ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެފަ އެވެ.

ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ގއ އަދި ގދ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފަ އެވެ. ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރު ވެގެންދާނެ އެވެ.



ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް