ހަބަރު

ކެންސަރު ދެނެގަތުމަށާއި ފަރުވާއަށް މަރުކަޒެއް ގާއިމުކުރަން ބޭރުގެ ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި

ކެންސަރު ބަލި ދެނެގަތުމަށާއި އެ ބައްޔަށް ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ޚާއްސަ ޒަމާނީ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރުމަށްޓަކައި، ހުޅުމާލެ ހޮސްޕިޓަލުން ބޭރުގެ ދެ ކުންފުންޏަކާއެކު އިއްޔެ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ސޮއިކޮށްފިއެވެ.

29 October 2026
ކެންސަރު ދެނެގަތުމަށާއި ފަރުވާއަށް މަރުކަޒެއް ގާއިމުކުރަން ބޭރުގެ ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި

ކެންސަރު ބަލި ދެނެގަތުމަށާއި އެ ބައްޔަށް ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ޚާއްސަ ޒަމާނީ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރުމަށްޓަކައި، ހުޅުމާލެ ހޮސްޕިޓަލުން ބޭރުގެ ދެ ކުންފުންޏަކާއެކު އިއްޔެ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލާއެކު ސޮއިކުރީ ޔޫކޭގެ ކުއާންޓަމް ހައިޓްސް ލިމިޓެޑް އަދި އިންޑިއާގެ ވެން ވެސްކިއުލާ ޓެކްނޮލޮޖީ ކުންފުންޏެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފަށައި، ޑިސެމްބަރު 2028 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

ކުރިން އައިޖީއެމްއެޗް ގޯތިތެރޭގައި އެޅުމަށް ނިންމި މި ހޮސްޕިޓަލް މިހާރު ވަނީ ހުޅުމާލެ 2 ގައި ތަރައްގީކުރާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ގޯތިތެރެއަށް ބަދަލުކޮށްފައެވެ. އެތަނުގައި ވަކިން ހަދާ މި ސެންޓަރުގައި އިމަޖެންސީ ރޫމް، އައިސީޔޫ، އެޑްމިޓްކުރާ ވޯޑުތައް، އޮޕަރޭޝަން ތިއޭޓަރު އަދި ޕްރޮސީޖާ ރޫމްތައް ހުންނާނެއެވެ.

ދޭން ކަނޑައަޅާފައިވާ މުހިންމު ފަރުވާތައް:

  • ރޭޑިއޭޝަން ފަރުވާތައް: އެކްސްޓާނަލް ބީމް ރޭޑިއޯތެރަޕީ، 3D ކޮންފޯމަލް ރޭޑިއޯތެރަޕީ، އިންޓެންސިޓީ-މޮޑިއުލޭޓެޑް ރޭޑިއޯތެރަޕީ (IMRT)، އިމޭޖް-ގައިޑެޑް ރޭޑިއޯތެރަޕީ (IGRT) އަދި ބްރެކީތެރަޕީ

  • އެހެނިހެން މައިގަނޑު ޚިދުމަތްތައް: ކީމޯތެރަޕީ، ސީޓީ ސިމިއުލޭޝަން، ކެންސަރުގެ އޮޕަރޭޝަންތައް، ނިއުކްލިއާ މެޑިސިން އަދި ޕެޓް (PET) ސްކޭން ފަދަ ޒަމާނީ ވަސީލަތްތައް

  • ޕެލިއޭޓިވް ކެއާ: ބަލިން ފަސޭހަވާނެ ކަމުގެ އުއްމީދު ކުޑަ ބަލިމީހުންގެ ވޭން ކުޑަކޮށްދިނުމުގެ ފަރުވާއާއި، މަލްޓިޑިސިޕްލިނަރީ ޓިއުމާ ބޯޑުތައް މެދުވެރިކޮށް ފަރުވާ ރޭވުމުގެ ނިޒާމު

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖެއިން ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކޮންމެހެން ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުމަށް މި ސެންޓަރާއެކު ނިމުމެއް އަންނާނެއެވެ.

މިއީ ހަމައެކަނި އިމާރާތެއް އެޅުން ނޫން ކަމަށާއި، ދިވެހި ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްރީނުކޮށް، ގައުމުގެ އޮންކޮލޮޖީ ދާއިރާގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކުރެވޭ ދުރު ރާސްތާގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް