ރަސްމާލޭގެ ބޮޑެތި އިންވެސްޓްމަންޓުތަކާއެކުވެސް ގޯތި ދޫކުރުމަށް ހުރަހެއް ނެތް
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ 1،150 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓަކީ މުޅި ރަސްމާލޭގެ ތަރައްޤީއާ ގުޅިފައިވާ، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ މަޝްރޫޢެއް ކަމަށެވެ.
ރަސްމާލޭގައި ހިންގާ ރިއަލް އެސްޓޭޓް ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް އެއްވެސް ހުރަހެއް ނޭޅޭނެކަމުގެ ޔަގީންކަމާއެކު، 10 އަހަރު ތެރޭގައި އެ މަޝްރޫޢު ފުރިހަމަ ސިޓީއަކަށް ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ 1,150 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓަކީ މުޅި ރަސްމާލޭގެ ތަރައްޤީއާ ގުޅިފައިވާ، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ މަޝްރޫޢެއް ކަމަށެވެ. މިއިން އެއްވެސް އިންވެސްޓްމަންޓެއްގެ ސަބަބުން ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސް ހުރަހެއް ނާންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ރަސްމާލޭގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ 650 ހެކްޓަރު ތަރައްޤީކުރުމުގެ މަސައްކަތް މަޑުޖައްސާލަން ނުޖެހޭނެ ކަމަށެވެ. އަދި ރަސްމާލެއިން މިހާރު ގޯއްޗަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދެވޭވަރަށް އެތަނުގައި ބިން އޮންނާނެކަމަށާއި، އެއަށްވުރެ އިތުރަށްވެސް ބިން ހުންނާނެކަމަށް ވިދާޅުވިއެވެ. ސަރުކާރުން ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށް ހުޅުވާލާފަ އެވެ.
ސިނަމާލެ ބްރިޖާއެކު ހުޅުމާލެއަށް އައިސްފައިވާ ބޮޑު ތަރައްޤީގެ މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ، އިތުބާރުކުރެވޭ މަޝްރޫޢުތަކާއެކު ތަރައްޤީއަށް ދޮރު ހުޅުވިގެންދާނެ ކަމަށެވެ. ހަމައެގޮތަށް ރަސްމާލެއަށް ލިބިފައިވާ ބޮޑު އިންވެސްޓްމަންޓާއެކު 10 ވަރަކަށް އަހަރު ތެރޭގައި ސިޓީއެއްގެ ސިފަ އަންނަވަރަށް ޢުމްރާނީ މަސައްކަތްތައް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް