ސިޔާސީ

އެމްޑީޕީ މެންބަރުން ވެސް ނަޝީދުގެ ވާހަކަތައް މިހާރު ގަބޫލެއް ނުކުރޭ: ޔާމީން

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވާހަކަދެއްކެވުމަށާއި، އެފަދަ ބަހުސްތަކުގައި ނަން ގެންނެވުމަށް ވެސް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކަތައް އެމްޑީޕީގެ އާންމު މެންބަރުން ވެސް މިހާރު ގަބޫލުނުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

02 November 2026
އެމްޑީޕީ މެންބަރުން ވެސް ނަޝީދުގެ ވާހަކަތައް މިހާރު ގަބޫލެއް ނުކުރޭ: ޔާމީން

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވާހަކަދެއްކެވުމަށާއި، އެފަދަ ބަހުސްތަކުގައި ނަން ގެންނެވުމަށް ވެސް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކަތައް އެމްޑީޕީގެ އާންމު މެންބަރުން ވެސް މިހާރު ގަބޫލުނުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އެ މަޝްރޫއަށް ފާޅުގައި ތާއީދުކުރައްވާ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު ކުރިން ޑިމޮކްރެޓިކް ހަމަތަކާއި ހުޅުވާލެވިފައިވާ އިޖުތިމާއީ އުސޫލުތަކަށް ވަކާލާތުކުރި އެމްޑީޕީން މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ތަފާތުކުރުމާއި، ހައްދުފަހަނައެޅި ބިރުވެރި ގައުމިއްޔަތެއްގެ ޝިއާރުތަކުގައި ހިފަމުންދާ މަންޒަރު ކަމަށް ވިދާޅުވެ، އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރީ ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް (ރެފަރެންޑަމަކަށް) ދިއުމަށާއި، އެ ނޫން ގޮތަކަށް ކުރިއަށްދާ ނަމަ ސީދާ ހަރަކާތަށް ނުކުތުމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ލެޔާއި މަސްލަހަތާ އެންމެ ބޮޑަށް ގުޅިފައިވާ ހައްސާސީ މައްސަލަ ކަމަށާއި، ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުން އެމަނިކުފާނުގެ ހަގީގީ ވިސްނުން ހުރި ގޮތް ވަރަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ:

އެމްޑީޕީގެ ގިނަ މެންބަރުންނާއި ލީޑަޝިޕްގެ ބޭފުޅުން ވެސް މިހާރު ނަޝީދުގެ ވާހަކަތައް ގަބޫލުނުކުރާ ކަމަށާއި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ވާހަކަތަކުން ވެސް ފެނުނީ އެ ހަގީގަތް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

ނަޝީދުގެ ވެރިކަމުގައި ސިފައިންނަކީ ބޭނުންތެރި ބައެއް ނޫން ކަމަށް ބުނުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އެމްޑަބްލިއުއެސްސީގެ މެޖޯރިޓީ ހިއްސާ އަދި ދިރާގުގެ ހިއްސާ ވިއްކާލިކަން ހަނދާންކޮށްދެއްވިއެވެ.

ރައީސް ޔާމީން ސިފަކުރެއްވި ގޮތުގައި، ގައުމުގެ އަގުހުރި ހުރިހާ ވަސީލަތްތަކެއް ބޭރުގެ ފަރާތްތަކަށް ދޫކޮށްލި ވެރިންނަކީ ގައުމީ މިފަދަ ބޮޑެތި ބަހުސްތަކުގައި ބައިވެރިވުމުގެ އެއްވެސް ޝަރުތެއް ހަމަވާ ބަޔެއް ނޫން ކަމަށާއި، އެފަދަ ބޭފުޅުންގެ ވާހަކަތައް ގައުމީ މައުލޫއުތަކުގެ ތެރެއަށް ގެންނަންވެސް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް