ހަބަރު

ހޯމް-ސްކޫލިން ތައާރަފްކުރަން ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް

ޚާއްސަ ހާލަތްތަކާ ހުރެ ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރަން ނުކުޅެދޭ ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ އިންތިޒާމު ނުވަތަ "ހޯމް-ސްކޫލިން" ތައާރަފްކުރުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

02 November 2026
ބިލު ހުށަހެޅުއްވި މެންބަރު އަނާރާ
ބިލު ހުށަހެޅުއްވި މެންބަރު އަނާރާ

ޚާއްސަ ހާލަތްތަކާ ހުރެ ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރަން ނުކުޅެދޭ ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ އިންތިޒާމު ނުވަތަ "ހޯމް-ސްކޫލިން" ތައާރަފްކުރުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަށެވެ.

މިހާރުގެ ގާނޫނު އޮތް ގޮތާއި އަންނަ ބަދަލުތައް:

  • މިހާރުގެ އުސޫލު: ތައުލީމާ ބެހޭ ގާނޫނުގައި މިހާރު ބަޔާންކުރަނީ އުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ޕްރީސްކޫލުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވައިދިނުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށެވެ. އަދި ސްކޫލަށް ހާޒިރުވާން ނުކުޅެދޭ ކުދިންނަށް ގަވާއިދުގެ ތެރެއިން އިސްތިސްނާއެއް ދިނުމުގެ އިޚުތިޔާރު ލިބެނީ މިނިސްޓަރަށެވެ.

  • ބިލުގައި ހުށަހަޅާފައިވާ އިސްލާހު: ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް-ސްކޫލިން ޕްރޮގްރާމެއްގެ ދަށުން ވެސް އުނގެނެން އުޒުރުވެރިވާ ހާލަތްތަކުގައި، އެފަދަ ކުދިން މަޖުބޫރު ތައުލީމުގެ ދާއިރާއިން އިސްތިސްނާވާނެއެވެ.

  • ބެލެނިވެރިންގެ ޒިންމާއާއި މިންގަނޑުތައް: އިސްތިސްނާ ހާލަތްތަކުގައި ވެސް، އެ ކުއްޖެއްގެ ނުކުޅެދުންތެރިކަމާ ގުޅޭ ގޮތުން އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެއެވެ. އަދި ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ދާން ނުޖެހޭނެ މިންގަނޑުތައް ކަނޑައެޅުމަށް ގާނޫނުގެ ދަށުން ވަކި އުސޫލުތަކެއް އެކުލަވާލަން ލާޒިމުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް