ހަބަރު

ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މައި މަރުކަޒު ކަމަށްވާ ކަޅުތުއްކަލާކޮށީގައި 15 ބުރީގެ ޒަމާނީ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ އިއްޔެ ހަވާލުކޮށްފިއެވެ.

03 November 2026

ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީއެވެ. ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯންއެވެ. މިއީ އައްޑޫ ސިޓީގެ ލިންކް ރޯޑު އަލުން ތަރައްގީކުރުމުގެ މަސައްކަތް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ހަވާލުކުރި ކުންފުންޏެވެ.

މި 15 ބުރީގެ އިމާރާތަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށް، ސިފައިން ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ލޮޖިސްޓިކްސް އެހީތެރިކަމާއި، ސިފައިންގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް ޚާއްސަކޮށްގެން ބިނާކުރާ އިމާރާތެކެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް ހަސަން ރަޝީދެވެ.

މީގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސްގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ޑިފެންސް މިނިސްޓްރީ އަދި ރޯޓައިމް ކުންފުނީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް