ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ސިފައިންގެ މަތިވެރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް
ދިވެހި ފަސްގަނޑު މިނިވަންކަންމަތީ ދެމިއޮތުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ ކޮންމެ ދިވެއްސަކު ވެސް އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ފަސްގަނޑު މިނިވަންކަންމަތީ ދެމިއޮތުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ ކޮންމެ ދިވެއްސަކު ވެސް އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ މި ދުވަހުގެ ހެޔޮއެދުންތައް ގައުމީ ދިފާއީ ބާރުގެ ހިދުމަތްތެރިންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާއަތުގެ ފަތިސް ނަމާދުންނެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ނޮވެމްބަރު 3 ގެ ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަމުން އަންނަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ތަމަޅަ ކުލީ ސިފައިން ރާއްޖެއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ފަސްގަނޑަށް ލިބުނު ފަޚުރުވެރި ނަސްރުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ދުޝްމަނުންގެ ރަހުމެއްނެތް ބަޑީގެ ހަމަލާތަކުގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.
ހަމަލާ ނާކާމިޔާބުވުމުން "ޕްރޮގްރެސް ލައިޓް" ބޯޓުގައި ބައެއް ދިވެހިން ރަހީނުކޮށްގެން ފިލަން އުޅުނު ޓެރަރިސްޓުން އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ކަނޑުމަތިން ހުއްޓުވައި، ދިވެހިންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރު ވަނީ ހައްޔަރުކޮށް މާލެ ގެނެސްފައެވެ.
އެ މައްސަލައިގައި ލުތުފީއާއި ނާސިރުގެ މައްޗަށް ހައި ކޯޓުން އިއްވި މަރުގެ ހުކުމް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް