ވިޔަފާރި

ލޯނު ނުދެއްކުމުން ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން އަނެއްކާވެސް ބީއެމްއެލްއަށް ހުއްދަ ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ބޮޑު ލޯނެއް ނުދައްކައިގެން، ރަހުނުކޮށްފައިވާ ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އަނެއްކާވެސް އެ ބޭންކަށް ދީފިއެވެ.

03 November 2026

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ ތިން ދަރިންގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏަށް ބީއެމްއެލް އިން ދޫކުރި 11 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ) ގެ ލޯނު ނުދެއްކުމުން، އެ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ކުރިން ވެސް ހުއްދަ ދިނެވެ. ނަމަވެސް، ހައި ކޯޓުން ވަނީ އެ ހުކުމް ފަހުން ބާތިލުކޮށްފައެވެ.

އަލުން މި ހުއްދަ ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ގައި ދިންއިރު، ރަށްތައް ވިއްކާލުމަށާއި ބޭންކުން ހުށަހެޅި އަގުތަކަށް ހެވީލޯޑް ކުންފުނިން މިހާރު ވަނީ އެއްބަސްވެފައެވެ.

ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފައިވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ތިރީގައިވާ އަގުތަކުގައި ވިއްކާށެވެ:

  • ފުރަތަމަ މަހު: ފެށޭ އަގަކީ 46 މިލިއަން ޑޮލަރު

  • ދެވަނަ މަހު: ފުރަތަމަ މަހު ނުވިކިއްޖެނަމަ، ފެށޭ އަގަކީ 40 މިލިއަން ޑޮލަރު

  • ތިންވަނަ މަހު: ފެށޭ އަގަކީ 38 މިލިއަން ޑޮލަރު

ރަށްތަކުގެ ތަފްސީލު:

  • ވިއްކާލާ ރަށްތައް: ލ. ފަރެސް، ލ. ކުޑަފަރެސް އަދި ލ. ބޮޑުހުރާ.

  • ރަށްތަކުގެ ބޭނުން: ފަރެސް އަދި ކުޑަފަރެސްއަކީ މިހާރުވެސް "ރަހާ ރިސޯޓް" ހިންގަމުން އަންނަ ދެ ރަށެވެ. ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

  • ކުނީގެ މުއްދަތު: މި ތިން ރަށުގެ ހެޑް ލީޒްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް