މި ހުނަރުން ފެންނަނީ ލިޔެލާޖެހުމުގައި ތުޅާދޫގެ ފަހުރުވެރި ތާރީޚް
މި ފަންނުވެރިކަން ހަމައެކަނި ތުޅާދޫއަކަށް ހުދޫދުވެފައެއް ނުވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާސާރީ މިސްކިތްތަކުގައި ވެސް މި ރަށުގެ ފަންނުވެރިންގެ މަސައްކަތްތައް ފެންނަން އެބަހުއްޓެވެ. ތުޅާދޫގައި މީހުން ވަޒަންވެރިވެ، އުޅެން ފެށީއްސުރެ ބޮމަކަނދުގައި ލަކުޑި ތަތްކޮށްގެން، އަރިޔަންލިޔެ ދެފަށްލާޖަހައި ލާފެންކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ދުވަސްވަރު ރާއްޖޭގައި އެ މަސައްކަތް ކުރާ އިތުރު ބަޔަކު އުޅުނު ކަމުގެ އެއްވެސް ކިތާބީ ހެއްކެއް ފެންނާކަށް ނެތެވެ.
ބޮމަކަނދުގައި ލަކުޑި ތަތްކޮށް، ވާފަށަށް ދަމާލުމާ އެކު ލަކުޑިގަނޑު އެނބުރިގަނެއެވެ. އަތުގައި އޮތް ކަށިގަނޑު ލަކުޑިގަނޑުގައި ޖައްސާލުމާ އެކު، ކުދިކުދި ލަކުޑި ކުނޑިތައް ބުރައިގެންދާއިރު، ރަތާއި ކަޅާއި ރީނދޫ ކުލައިގެ ލާގެ ފަށަލަތަކުން އޮމާން ކުރެހުންތަކެއް ފާޅުވާން ފަށައެވެ. މިއީ ހަމައެކަނި ލަކުޑިގަނޑެއް ކަނޑައި ނެގުމެއް ނޫނެވެ. މިއީ އެތައް ގަރުނެއްގެ ތާރީހާއި ކާބަފައިންގެ ހުނަރުވެރިކަން އެކުލެވިގެންވާ ފަންނީ އުފެއްދުމެކެވެ.
ތުޅާދޫގެ ފަންނުވެރިން އެ ރަށުގެ ޒަމާންވީ ލިޔެލާޖެހުމުގެ ހުނަރުތައް މިވަނީ ރަށުގެ ފަސްގަނޑުން ބޭރަށް ނެރެ އެތަށް ބަޔަކު ހައިރާންކޮށްލާފަ އެވެ. ނިމިގެންދިޔަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ތުޅާދޫންއިން ގެނެސް އަތުރާލި ތަކެތިން އެރަށުގެ ފަންނުވެރިންގެ ހުނަރު ރަނގަޅަށްވެސް ފެނިގެންދިޔައެވެ. ހަމައެކަނި ލިޔެލާ ޖެހުމަކުން ނޫނެވެ. ލަކުޑިން ކަނޑައި ނަގައިގެން ތައްޔާރުކޮށްފައިވާ ތަކެތި ވެސް އެހާ ފުރިހަމައެވެ.
ތުޅާދޫގެ ފަންނުވެރިން ވަނީ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުން މިފަހަރު ވެސް ފަޚުރުވެރި ވަނަތަކެއް ވެސް ހާސިލު ކޮށްފަ އެވެ.

ދިވެހިންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލަން ލިބުނު މި ފުރުސަތުގައި ރަތާއި ކަޅާއި ރީނދުލުން ކަނޑާނަގާފައިވާ ރީތި ކުރެހުންތަކުން ފަންނުވެރިންގެ ބަގީޗާއަށް އިތުރު ފުރިހަމަކަމަކާއި ކުލަތަކެއް ގެނެސްދިނީ ތުޅާދޫގެ ހުނަރުވެރިންނެވެ.
ލިޔެލާޖެހުމަށް ހާއްސަވެފައިވާ ރަށެއްގެ ގޮތުގައި ދިވެހި ތާރީހުން ތުޅާދޫއަށް ޖާގަ ލިބިފައިވާއިރު، ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކޮންމެ މުބާރާތަކުން ވެސް އެ ރަށަށް އުފަން ދަރިންގެ އުފެއްދުންތައް ވަނީ އެއްވަނަ ދަމަހައްޓާފައެވެ.
ދިވެހި ތާރީޚަށް ބަލާލާއިރު ވެސް ފެންނަން އޮތީ، މި ފަންނުވެރިކަމުގެ ސަބަބުން ރަސްކަމުގެ ދުވަސްވަރުން ފެށިގެން ގަނޑުވަރުތެރޭގެ ބޭފުޅުންނާއި މާލޭގެ ބޮޑުންނާ ތުޅާދޫގެ މަސައްކަތްތެރިންނާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައި އޮތްތަނެވެ. އޭރުގެ ބަންޑާރަ ނައިބު ހުސައިން ސަލާހުއްދީން، ފަނޑިޔާރުގޭގައި ނައިބުކަމާ ހިނގާ ދުވަހު، ބިލެތްޖެހުމަށްޓަކައި ހިޖުރައިން 1338 ވަނަ އަހަރު ތުޅާދޫ ދޮން އިސްމާއީލް ކަލޭގެ މާލެ ގެންނަވައިގެން ލިޔުއްވި ތާރީހީ މަލާފަތަކީ މި ގުޅުމުގެ އަލިގަދަ ހެއްކެކެވެ. އަދި އިސްކަންދަރު ރަސްގެފާނުގެ ޒަމާނުއްސުރެ މިއަދާ ޖެހެންދެން ވެސް، ލިޔެލާޖެހުމުގެ މަސައްކަތުގައި ތުޅާދޫ ފިޔަވައި އެހެން ރަށެއްގެ ނަން އެއްވެސް ބޭފުޅަކު ލިޔުއްވާފައި ނޯންނާނެ ކަމަށް ދިވެހި ތާރީހު ދިރާސާކުރައްވާ ކަށިމާ އަހުމަދު ޝާކިރު ވިދާޅުވިއެވެ.
މި ފަންނުވެރިކަން ހަމައެކަނި ތުޅާދޫއަކަށް ހުދޫދުވެފައެއް ނުވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާސާރީ މިސްކިތްތަކުގައި ވެސް މި ރަށުގެ ފަންނުވެރިންގެ މަސައްކަތްތައް ފެންނަން އެބަހުއްޓެވެ.
ތުޅާދޫގައި މީހުން ވަޒަންވެރިވެ، އުޅެން ފެށީއްސުރެ ބޮމަކަނދުގައި ލަކުޑި ތަތްކޮށްގެން، އަރިޔަންލިޔެ ދެފަށްލާޖަހައި ލާފެންކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ދުވަސްވަރު ރާއްޖޭގައި އެ މަސައްކަތް ކުރާ އިތުރު ބަޔަކު އުޅުނު ކަމުގެ އެއްވެސް ކިތާބީ ހެއްކެއް ފެންނާކަށް ނެތެވެ.
މިހާ މަތީ ފެންވަރެއްގައި މި ފަންނު ތުޅާދޫގައި ދެމިއޮތުމުގެ އެއް ސިއްރަކީ، އެ މަސައްކަތް ރައްކާތެރިކުރުމަށް ކާބަފައިން ގެންގުޅުނު ހަރުކަށި އުސޫލުތަކެވެ. ތުޅާދޫ ބައެއް މީހުން ބުނާގޮތުން، އެންމެ އިހުއްސުރެ ވަރަށް ފަހަކާ ޖެހެންދެން އެ މަސައްކަތް އޮތީ އެކަން ދަންނަ އާއިލާތަކުގެ ތެރޭގައި ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. ނަމަވެސް މިހާރު އެމަސައްކަތް ދަސްކުރާ ހިތުން އަންނަ ކޮންމެ މީހަކަށް ވެސް އެކަން އަންނަނީ ދަސްކޮށްދެމުންނެވެ. އެގޮތުން ބައެއް ރަށްރަށުން ލިޔެލާ ޖަހަން ދަސްކުރަން އެރަށަށް މީހުން ގޮސް އުޅެއެވެ.
ކާބަފައިން އެހާ ފަރުވާތެރިކަމާ އެކު ރައްކާތެރިކޮށްދިން މި ފަންނުވެރިކަން މިއަދުގެ ޖީލުން ވެސް ދަނީ ފަހުރުވެރިކަމާ އެކު ދަމަހައްޓަމުންނެވެ.
ސިއްރުން ފެށި މި ދަތުރު، މިއަދު މިވަނީ ގައުމީ ސަފުތަކުގެ އެންމެ ކުރީގައި ތުޅާދޫގެ ނަން ރަން އަކުރުން ފަވާލަދީފައެވެ. ބޮމަކަނދު އެނބުރޭ ކޮންމެ ފަހަރަކު، އެ ރަށުގެ ފަންނުވެރިން އެ ދިރުވަނީ ހަމައެކަނި ލަކުޑީގެ އުފެއްދުމެއް ނޫނެވެ. އެއީ ގަރުނުތަކެއްވީ ފަހުރުވެރި ތާރީހަކާއި ދިވެހި ފަންނުވެރިކަމުގެ ނަމޫނާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް