ހަބަރު

އެސްއެމްއީތަކަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ 5 އަހަރަށް ކަނޑާލަނީ

ރައީސް ޑރ، މުއިއްޒު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވާފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް )ޖީޑީޕީ( ގައި މި ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

25 October 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) އުފެއްދުންތައް ތައްޔާރުކުރުމަށް އެތެރެކުރާ ރޯމެޓީރިއަލްސް އިން ނަގާ އިމްޕޯޓް ޑިއުޓީ، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސުމެއް އިންސައްތައަށް ކުޑަކޮށް، ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ނިންމައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް ޑރ، މުއިއްޒު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވާފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގައި މި ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން ޓެކްސްގެ ނިޒާމުގެ ތެރެއިން އިތުރު ދެ ލުޔެއް ދެއްވުމަށް ސަރުކާރުން ނިންމާފައިވާކަންވެސް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ މަސައްކަތްތައް ކޮށްދިނުމަށްފަހު ފައިސާ ނުލިބިވާ ވިޔަފާރިތަކަށް، އެ ލިބެންޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭނެ ނުވަތަ އަޅައިކިޔައި ކެނޑޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދާއިރާއަށް ހުރި ގޮންޖެހުންތައް ނައްތާލައި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި ވަނީ އެސްއެމްއީތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނަށްވެސް އިސްލާހު ގެނެސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް