ހޯމް މިނިސްޓަރު އަލީ އިހުސާން

ގަތުލުއާންމު ޖިނާއީ ކުށަކަށް ހަދަނީ މުއާހަދާގެ ޒިންމާ ފުރިހަމަކުރަން: އޭޖީ

ގަތުލުއާންމު ހިންގުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައަޅަން ސަރުކާރުން ހުށަހެޅީ، ބައިނަލްއަގުވާމީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއަށް ލާޒިމުވާ ގާނޫނީ ޒިންމާއެއް އަދާކުރުމަށްޓަކައި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

26 October 2026
ރައީސް މުއިއްޒުއާ އެކު، ބަންޑާރަ ނައިބު އުޝާމް
ރައީސް މުއިއްޒުއާ އެކު، ބަންޑާރަ ނައިބު އުޝާމް

ގަތުލުއާންމު ހިންގުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައަޅަން ސަރުކާރުން ހުށަހެޅީ، ބައިނަލްއަގުވާމީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއަށް ލާޒިމުވާ ގާނޫނީ ޒިންމާއެއް އަދާކުރުމަށްޓަކައި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަދަބު ބޮޑުވާ ގޮތަށް ގާނޫނުލްއުގޫބާތަށް މި އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ރާއްޖެއިން ޖެނޮސައިޑް ކޮންވެންޝަންގައި ބައިވެރިވީ 24 އޭޕްރީލް 1984 ގައެވެ. އެ މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ގަތުލުއާންމާ ގުޅޭ ކުށްތަކަށް ޖިނާއީ އަދަބު ކަނޑައަޅައި ގާނޫނުތައް ހެދުން ލާޒިމުކުރި ނަމަވެސް، ވޭތުވެދިޔަ 42 އަހަރު ތެރޭގައި އަދި 2014 ގައި އަމަލުކުރަން ފެށި އާ ގާނޫނުލްއުގޫބާތުގައިވެސް އެ ކުށް ހިމަނާފައެއް ނުވެއެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ހިނގަމުންދާ "ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިޒްރޭލު" މައްސަލަތަކަށް ރާއްޖެއިން ވަނީ ތަދައްހުލުވެފައެވެ. ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، އެހެން ގައުމުތައް ޖަވާބުދާރީކުރުވަން ވަކާލާތުކުރާއިރު އެތެރޭގެ ގާނޫނުތަކުގައި މި ކުށް ނެތުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ގާނޫނީ ނުކުތާތަކުގެ ބުރަދަނަށް އަސަރުކުރާ ކަމެކެވެ.

ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއްގެ ބަޔަކު މެރުމާއި، ޖިސްމާނީ ނުވަތަ ނަފުސާނީ ބޮޑެތި އަނިޔާތައް ދިނުމާއި، އެފަދަ ބަޔަކު އެއްކޮށް ނައްތާލުމުގެ ނިޔަތުގައި ދިރިއުޅުމުގެ ހާލަތްތައް ދަތިކުރުމާއި، ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުމަކީ މި ބިލުގެ ދަށުން ޖިނާއީ ކުށެކެވެ. މީގެ އިތުރުން އެފަދަ ކަންކަމަށް ފާޅުގައި ގޮވާލުމަކީވެސް ކުށެކެވެ.


މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އަސާސީ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.

މި ކުށް ކުރީ ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، މަޖިލިސް މެންބަރުން، ފަނޑިޔާރުން، ނުވަތަ ސަލާމަތީ ޚިދުމަތްތަކުގެ ކޮމާންޑަރުން ފަދަ އިސް މަގާމެއްގައި ހުރި ފަރާތެއް ނަމަ، އެ ކުށް ބެލެވޭނީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އަދި ވެރިއެއްގެ އަމުރަށް ތަބާވުމަކީ ނުވަތަ އެއީ ހުއްދަ ކަމެއް ކަމަށް ބުނުމަކީ ޝަރީއަތުގައި ދިފާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް