މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރާތީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތަކެތީގެ އަގުބޮޑުވެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެމްޑީޕީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތަކެތީގެ އަގުބޮޑުވެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނުވުމާއި، ޕޭ ހާމަނައިޒޭޝަނާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން މެންބަރު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ހާމަނައިޒޭޝަންގެ މައްސަލަތަކާ ގުޅިގެން 16 ޖޫން 2025 ގައި މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަ އަދިވެސް ކޮމިޓީ މަރުޙަލާގައި އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ޚަރަދުކޮށްފައިވާކަން މި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާއަކަށް ވާއިރު، ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް