ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ހުޅުވައިފި
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ. ދިވެހި ސަޤާފަތާ ގުޅުންހުރި ހަރަކާތްތަކާއެކު އާންމުންނަށް ހުޅުވާލި މި މައުރަޒަށް މިއަހަރު ވަނީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.
ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ. ދިވެހި ސަޤާފަތާ ގުޅުންހުރި ހަރަކާތްތަކާއެކު އާންމުންނަށް ހުޅުވާލި މި މައުރަޒަށް މިއަހަރު ވަނީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.
ބައިވެރިވުމަށް 83.5% ގެ ބޮޑު ކުރިއެރުމެއް
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން ޖުމްލަ 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރު އެންމެ ބޮޑު ހިއްސާއެއް ވަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި، ޖަމްޢިއްޔާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ބައިވެރިވެފައިވެއެވެ.
އެންމެ ގިނައީ އަތްތެރި މަސައްކަތް، މިއަހަރު 7 ޑިސްޓްރިކްޓް
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ 920 އުފެއްދުން ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އޭގެ އިތުރުން ކާބޯތަކެތި، ފެޝަން، އައިސީޓީ އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުގެ އުފެއްދުންތައްވެސް ހިމެނެއެވެ.
މިއަހަރުގެ މައުރަޒު ފަރުމާކޮށްފައިވަނީ މުޅިން އައު 2 ޑިސްޓްރިކްޓާއެކު ޖުމްލަ 7 ޑިސްޓްރިކްޓެއްގެ މައްޗަށެވެ. މައުރަޒުގެ ޑިސްޓްރިކްޓުތަކަކީ:
އަލަށް ތަޢާރަފުކުރި: ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް.
އެހެނިހެން ޑިސްޓްރިކްޓްތައް: ވާދަކުރާ ފަރާތްތަކަށް ޚާއްސަ ޑިސްޓްރިކްޓް، ކްރިއޭޓިވް އިކޮނޮމީ، ޑިޖިޓަލް އެންޑް އިނޮވޭޓިވް، އެންޓަރޓައިންމަންޓް، އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް.
މިމަހުގެ 25 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް އާންމުންނަށް ހުޅުވާލާފައި ހުންނާނެއެވެ. ސަރުކާރުން ބުނާގޮތުގައި މި މައުރަޒަކީ ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް