ރަސްމާލެ މަޝްރޫއުން ރާއްޖޭގެ އުފެއްދުންތެރިކަމަށް 35 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް އީވެލިއުސާވްގެ ދިރާސާއިން ދައްކައިފި
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ "ވޯޓަ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށް 30 އާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ވަންނާނެ ކަމަށް ބައިނަލްއަގުވާމީ ރިސާޗް ފާމެއް ކަމަށްވާ އީވެލިއުސާވް އިން ހާމަކޮށްފިއެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ "ވޯޓަ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށް 30 އާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ވަންނާނެ ކަމަށް ބައިނަލްއަގުވާމީ ރިސާޗް ފާމެއް ކަމަށްވާ އީވެލިއުސާވް އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް އެކައުންޓިން ފޯރަމްގައި އެ ކުންފުނިން ހުށަހެޅި އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓުގައިވާ ގޮތުން، ވަކިން ހަދާ ރިސޯޓުތަކަށްވުރެ މިފަދަ ގިނަ ބޭނުންތައް އެކުލެވޭ މަލްޓި-ޕާޕަސް މަޝްރޫއުތަކުން "އިކޮނޮމިކް މަލްޓިޕްލަޔަ އިފެކްޓް" މެދުވެރިކޮށް އިގުތިސާދަށް ކުރާ ފައިދާ އެތައް ގުނައެއް އިތުރުވާނެއެވެ. އެގޮތުން، މި މަޝްރޫއަށް އިންވެސްޓްކުރާ ކޮންމެ 1 ޑޮލަރަކަށް ރާއްޖޭގެ އުފެއްދުންތެރިކަމަށް 1.6 ޑޮލަރު އިތުރުވާނެ ކަމަށާއި، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި 22 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އިގުތިސާދު ކުރިއަރާނެ މައިގަނޑު 3 ދާއިރާ:
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސްއެމްއީ):
ރާއްޖޭގެ ވިޔަފާރިތަކުގެ 90 އިންސައްތައަކީ އެސްއެމްއީތަކަށް ވާއިރު، ރަސްމާލެ މަޝްރޫއުގެ ތެރެއިން 300 އަށްވުރެ ގިނަ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ހޮސްޕިޓާލިޓީ، ރީޓެއިލް، މެރީނާ އަދި ވޯޓަފްރޮންޓާ ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.
ފަތުރުވެރިކަމުގެ ޚިދުމަތްތައް ފުޅާވުން:
ރަސްމާލޭގައި ގާއިމުކުރާ ފެސިލިޓީތަކާއެކު، އަހަރަކު ގާތްގަނޑަކަށް 900,000 ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ދިރާސާއިން ދައްކައެވެ.
60,000 އާ ވަޒީފާގެ ފުރުސަތު:
މަޝްރޫއުގެ އިމާރާތްކުރުމުގެ މަރުހަލާގައި (ކޮންސްޓްރަކްޝަން): 45,000 ވަޒީފާ
ތަން ހުޅުވައި ޚިދުމަތް ދޭން ފެށުމުން (އޮޕަރޭޝަން): 15,000 އަށްވުރެ ގިނަ ވަޒީފާ
ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ އިރުޝާދު:
އީވެލިއުސާވްގެ ސީނިއާ މެނޭޖަރު އަރްނާވް ސަކްސޭނާ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ޕްލޭނިން މަރުހަލާގައި ތިމާވެށީގެ މުހިންމު ކަންތައްތަކަކަށް ސަމާލުކަން ދޭންޖެހެއެވެ:
ފެހި ސަރަހައްދުތައް: މަޝްރޫއުގެ ބިމުގެ 22 ޕަސެންޓް ގްރީން އޭރިއާއާއި، އާންމު ހުސްޖާގަތަކަށް ޚާއްސަކުރުން.
މެރިން އީކޯ ސިސްޓަމް: މުރަކަ އިންދުމާއި ފަރުތައް އާލާކޮށް، ސަރަހައްދުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް ލޯކަލް ކޮމިއުނިޓީތަކާ ގުޅިގެން ޕްލޭނެއް އެކުލަވާލުން.
އިޔާދަކުރަނިވި ހަކަތަ: ސޯލާ ހަކަތަ ފަދަ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް މުޅި މަޝްރޫއުގައި ގާއިމުކުރުން.
މިސްރުގެ ރެޑް ސީ ޕްރޮޖެކްޓާއި، އިންޑޮނޭޝިއާގެ ކޫރާ ކޫރާ އަދި ލަންކާގެ ޕޯޓް ސިޓީ ފަދަ ބޭރުގެ މަޝްރޫއުތަކުން ތަޖުރިބާ ހޯދަންޖެހޭކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ، ރަސްމާލޭގެ ހަގީގީ ފައިދާ އިގުތިސާދަށް ކުރާނީ ދިވެހި ވިޔަފާރިތަކަށާއި ދިވެހި ރައްޔިތުންނަށް ވަޒީފާތަކުގެ އިސްކަންދީ، ފައިސާ ގައުމުގެ އެތެރޭގައި ދައުރުވާނެ ގޮތް ހަދައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް