ޓެކުހުގެ ގާނޫނުތަކަށް އަވަސް އަވަހަށް އިސްލާހު ގެނަމަކީ ގޯހެއް : އަމީން
އަމީން ވިދާޅުވި ގޮތުގައި މީރާއަކީ އެންމެ އިތުބާރުކުރެވޭ އިދާރާ ކަމަށާ ނަމަވެސް ނަމަވެސް ދެ ދުވަހުން ބަދަލު ގެންނަމަ އެއީ އިންވެސްޓަރުންނާއި ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
ޓެކުހާ ގުޅުންހުރި ގާނޫނުތަކަށް އަވަސް އަވަހަށް އިސްލާހު ގެނައުމަކީ ގޯސް އަދި އިގްތިސޯދަށް ގޯހެއް ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މި ބިލްގެ "ށ" އަށް މި އަހަރުތެރޭގައި މި މަޖިލީހުން އިސްލާހު ގެނެސްފައިވާ ކަމަށާ، ނަމަވެސް އަނެއްކާ ވެސް އިސްލާހު ހުށަހެޅުން ސުވާލު އުފެދޭ ކަމަށެވެ.
"އޭރު މަޖިލީހުން ކަނޑައެޅީ ޓްރައިބިއުނަލް އަށް ދިއުމުގެ ކުރިން ދައްކަން ޖެހެނީ 25 ޕަސެންޓް ކަމަށް. މިހާރު މި އުޅެނީ 50 % އަށް ހަދަން. މީގެތެރޭގައިވެސް ބައެއް މުއާމަލާތްތަކަށުގެ އަދަދު 100 ޕަސެންޓު ވެސް ދައްކާފަ ޓްރައުބިއުނަލް އަށް ދެވޭ ގޮތަށް މި އޮތީ. މިއީ ވިސްނަން ޖެހޭކަމެއް. މިހާދޯހަޅި ވެގެން ނުވާނެ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި މީރާއަކީ އެންމެ އިތުބާރުކުރެވޭ އިދާރާ ކަމަށާ ނަމަވެސް ނަމަވެސް ދެ ދުވަހުން ބަދަލު ގެންނަމަ އެއީ އިންވެސްޓަރުންނާއި ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
"މިވާނީ ގައުމުގެ އިގްތިސޯދުގެ ބައި ބަދައަށް އޮތް ނުރައްކަލަކަށް. ޓެކްސްގެ ސިޔާސަތަކީ އެންމެ ހަރުދަނާވާން ޖެހޭ ސިޔާސަތު، އެެހެންވެ މިހެން ކުއްލި ކުއްލިއަށް ކުޅޭކުޅޭ ފުއްގަނޑަކަށް ޓެކްސް ނިޒާމު ހެދީމަ ގެއްލުންވާނީ ގައުމުގެ އިގްތިސޯދަށް،" އަމީން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް