ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ރައީސް ހުޅުވާ ދެއްވައިފި
ރައީސް ފާހަަގަ ކުރެއްވި ގޮތުގައި ރާއްޖޭން ބޭނުވަނީ ޓްރޭޑް ވެލިއުއަށްވުރެ ބޮޑަށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށެވެ.
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގެ ބޮޑެތި މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު ދެއްވައިފި
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަން ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
"މި ފޯރަމް ވެގެންދާނި ދުނިޔޭގެ އެންމެ ބޮޑު މާކެޓާއެކު މަސައްކަތް ކުރަން ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވޭނެ ދޮރަކަށް. މީގެ ނަތީޖާއަކީ ޖެނުއަރީން- އޮގަސްޓް މަހަށް 440 މިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފަ. މީގެން 140 މިލިއަން ޑޮލަރުގެ މުދާ އެތެރެވެފައިވަނީ އެއްބަސްވުން [ޗައިނާ ރާއްޖެ އެފްޓީއޭ[ ގެ ދަށުން،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި ކުރިއަށްދާ މޯލްޑިވްސް އެކްްސްޕޯގެ ހަވާސާގައި އޮތް މި ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ފާހަަގަ ކުރެއްވި ގޮތުގައި ރާއްޖޭން ބޭނުވަނީ ޓްރޭޑް ވެލިއުއަށްވުރެ ބޮޑަށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށެވެ.
"ރާއްޖޭގެ މަސްވެރިކަމާއި އުފެއްދުންތެރިކަމަށް ޗައިނާގައި ބޮޑު ބާޒާރެއް އެބައޮތް. އެހެންވެ ރާއްޖޭން ޗައިނާގެ ވިޔަފާރިތަަކަށް ދައުވަރުދެން މޮޑަން ޕްރެސެސިން ސްޕްލައި ޗެއިންއެއް ގާއިމް ކުރަން. އެކަމާމެދު މާކެޓް އެކްސެސް ހޯދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމަށްވަޑައިގެން ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި މި ދަތުރުފުޅާއެކު ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ވަރުގަދަވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް