އެމްޓީސީސީ ؛ ގައުމުގެ ތަރައްގީގެ މޫނުމަތި ބަދަލުކޮށްލުމުގައި
އެމްޓީސީސީ އަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ. މި އަހަރުގެ މިހާތަނަށް އައިއިރު، އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ.
މާލޭގެ މަގުތަކަށް ބެލިޔަސް ފެންނަނީ އެމްޓީސީސީގެ މަސައްކަތެވެ. މާލެ ވަށައިގެންވާ ބޭރު ތޮއްޓަށް ބެލިޔަސް އެ ކުންފުނީގެ މަސައްކަތުގެ ވަރުގަދަކަން ފެނެ އެވެ. ރަނގަޅު މެނޭޖުމަންޓަކާއެކު ރޭވުންތެެރިކަމާއެކު ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާއަކީ ގައުމު ތަަރައްގީގެ މޫނުމަތި ބަަދަލުކޮށްލާނެ ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ އޮތުމެވެ.
އެމްޓީސީސީ އަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ. މި އަހަރުގެ މިހާތަނަށް އައިއިރު، އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތްމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް އެމްޓީސީސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދާދި ފަހުން ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދާފައެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއު - މި މަޝްރޫއުގެ ތިންވަނަ ސެގްމެންޓުގެ މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް (ރޯޑް މާކިންގ) ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައެވެ.
ބޮޑުތަކުރުފާނު މަގު (އުތުރު ފަރާތް) ތަރައްގީކުރުން - މި މަޝްރޫއުގެ ފޭސް 3 ގެ ސެގްމެންޓް 2 ގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ކުރިން އޮތް ޕޭވްމަންޓް ނެގުމުގެ މަސައްކަތެވެ މިމަހުގެ 22 ގެ ނިޔަލަށް ވަނީ ނިންމާފަ އެވެ.
ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޓީސީސީއިން ދަނީ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީކުރަމުންނެވެ. އޭގެ ތެރޭގައި އއ. ފެރިދޫ، އއ. ފެސްދޫ، އަދި އއ. ހިމަންދޫ ފަދަ ރަށްރަށުގެ ބަނދަރު ތަރައްގީކުރުމާއި ފުންކުރުމުގެ މަޝްރޫއުތައް ހިމެނެއެ މީގެ އިތުރުން، އެމްޓީސީސީގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "މަހާ ޖައްރާފު" އަދި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ރަށްގިރުން ހުއްޓުވުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަކީވެސް އެމްޓީސީސީގެ އޮޕަރޭޝަންތަކުގެ މުހިންމު ބައެކެވެ. ހަމައެއާއެކު، މެދުކެނޑިފައިވާ އެމްޓީސީސީގެ 'ހިޔާ މަޝްރޫއު' ގެ މަސައްކަތްވެސް އަލުން ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް