ހުއްދަ ނެތި ކާބޯތަކެތި އުފައްދަމުން ދިޔަ 4 ތަނެއް ބަންދުކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ )އެމްއެފްޑީއޭ( އިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ، ކާބޯތަކެތި ވިއްކާ ތަންތަން ހިންގަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށާއި، ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި އޮޕަރޭޝަނެކެވެ.
ހުއްދަ ނުހޯދައި ހުޅުމާލޭގައި ކާބޯތަކެތި ވިއްކަމުންދިޔަ ހަތަރު ތަނެއް އެމްއެފްޑީއޭއިން ބަންދުކޮށްފިއެވެ. އަދި އާންމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގޭގޭގައި ކާބޯތަކެތި އުފައްދާ ތަންތަން ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް އަންނަ މަހު ފަށަންވެސް އެ އޮތޯރިޓީން ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ، ކާބޯތަކެތި ވިއްކާ ތަންތަން ހިންގަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށާއި، ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި އޮޕަރޭޝަނެކެވެ. އެ އޮތޯރިޓީން ހާމަކުރި ގޮތުގައި މި މަސައްކަތުގެ ތެރެއިން ޖުމްލަ 26 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 4 ތަނެއް ބަންދުކޮށްފައިވީ ނަމަވެސް، އެތަންތަނުގެ ނަންތައް އާންމުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، ކާބޯތަކެތި ވިއްކާ ތަންތަން ބަލައިފާސްކުރުމަށް ކުރާ މަސައްކަތް ފުޅާކޮށް، އެ އޮތޯރިޓީގައި ދަފްތަރުކޮށްގެން ވިޔަފާރީގެ އުސޫލުން ގޭގޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެއެވެ.
މިއީ ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ފިހާރަތަކަށް ނެރޭއިރު، އެތަންތަނުގެ ސާފުތާހިރުކަމާއި ހާލަތު އޮންނަ ގޮތް ސާފުނުވާތީ އާންމުންގެ މެދުގައި އޮންނަ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދީ، އުފެއްދުންތަކަކީ މިންގަނޑަށް ފެތޭ އެއްޗެހިކަން ކަށަވަރުކުރުމަށް ފަށާ މުހިންމު މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް