ރާއްޖޭން ދިޔަ ދެ މީހެއްގެ ހަށިގަނޑުން ގިނަ އަދަދެއްގެ ރަން އަތުލައިގެންފި
ރާއްޖެއިން ބަންގްލަދޭޝްއަށް ދަތުރުކުރި އެ ގައުމުގެ ދެ ފިރިހެނެއްގެ ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ރަން، ޑާކާގެ އެއާޕޯޓު ކަސްޓަމްސް އޮފިޝަލުން އަތުލައިގެންފިއެވެ. އެ ތަކެތި ހަދާފައިވަނީ "ރަން ބިހުގެ" ބައްޓަމަށެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން އަތުލައިގަތީ މި މަހުގެ 18 ވަނަ ދުވަހު ޔޫއެސް-ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ވަގުތު ހިންގި އޮޕަރޭޝަނެއްގައެވެ.
މި މީހުން ރަން އެތެރެކުރަން މަސައްކަތްކުރީ ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ހަދާފައިވާ 6 އެތި، އެ މީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެންނެވެ.
އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 2.7 ކިލޯ ހުރި އިރު، އޭގެ އަންދާޒާ އަގު ގާތްގަނޑަކަށް 4 ކްރޯޑް ޓާކާ (ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާ) އަށް އަރައެވެ.
އަތުލައިގަތް ތަކެތީގައި އަސްލު ރަން ހުރި މިންވަރާއި ސީދާ އަގު ކަށަވަރުކުރުމަށްޓަކައި ލެބޯޓްރީ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
ބަންގްލަދޭޝްގެ އެއާޕޯޓުތައް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރަން އެތެރެކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައި ފާރަވެރިކަން ވަރުގަދަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް