ކޮންޓެއިނާ ކެނޑުން ތިލަފުއްޓަށް ބަދަލުކޮށް ތާރީހުގެ ތެރެއަށް
މި ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނާ އެރުވުމަށް މިހާރުވެސް ޖާގަ ކުޑަ ކަމަށެވެ.
ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫޢުގެ ދަށުން، އެ ޕޯޓުން ދޭ ފުރަތަމަ ޚިދުމަތެއްގެ ގޮތުގައި މުދަލާއެކު ކޮންޓެއިނަރ ދޫކުރުން މިއަދު ތަޢާރަފުކޮށްފިއެވެ. މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށި ޚިދުމަތެކެވެ.
މި ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނާ އެރުވުމަށް މިހާރުވެސް ޖާގަ ކުޑަ ކަމަށެވެ. އެހެންކަމުން ތިލަފުށިން މި ޚިދުމަތް ފެށުމަކީ ދޯނިފަހަރުގެ ކްލިއަރެންސްއަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ފުރަތަމަ ފަށަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރު ތަކަށެވެ.
އެމްޕީއެލް އިން އަންނަ އަހަރު ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިންމާލާނެ އެވެ. ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ހުޅުވާއިރު އަހަރަކު 390،000 ޓީއީޔޫ ގެ ކެޕޭސިޓީ އެވެ. އެގޮތުން މަޝްރޫޢު އެއްކޮށް ނިމޭއިރު އަހަރަކު 1.28 މިލިއަން ޓީއީޔޫ އެވެ. މި ބަދަލު ހުޅުވާއިރު 375 މީޓަރުގެ އިންޓަނޭޝަނަލް ކޮންޓެއިނަ މަގަތުފާލަމެއް (ކޯޒްވޭއެއް) އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް