ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.
ފުއްގިރި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމަވާލައްވަމުން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މި މަހުގެ 13 ވަނަ ދުވަހު އިއުލާނުކުރެއްވީ މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާނެ ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގެ ތާވަލުން އެ މައްސަލަ އުނިކޮށް، މާދަމާ އެ އަޑުއެހުން ނޯންނާނެކަން ކޯޓުން ވަނީ ވަކީލުންނަށް އަންގާފައެވެ. މި އަޑުއެހުން ފަސްކުރި ސީދާ ސަބަބެއް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވަވަމުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ މި ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ބަޔާންކޮށް މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
އެގޮތުން ދައުލަތުގެ މައިގަނޑު ހެކިންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށްވާއިރު، އެ ދެ މީހުންނަކީ ރައީސް ޔާމީނާ މެދު އަދާވަތްތެރިކަން އޮތް ފާސިގުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެ މީހުންގެ ހެކިބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
ރިޝްވަތު ދިން ކަމަށް ބުނެ ދައުވާ އުފުލި ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައިވުމާއި، މަނީ ލޯންޑްރިންއަށް މަގުފަހިކުރި ކަމަށް ބުނާ ސަންގެ ދެ ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވެ އެ މައްސަލަ އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމާފައިވާތީ، ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރިއަށްގެންދާތީ ދައުލަތުގެ ނިޔަތާމެދު ވަނީ ސުވާލު އުފައްދާފައެވެ.
ފުއްގިރި މައްސަލައިގެ އިތުރުން، ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ކުރިން އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، އަލުން ބެލުމަށް އެންގި މައްސަލައިގެ ޝަރީއަތްވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް