ރަސްމާލެ މަޝްރޫއުގައި 8 ކަމެއް ކަށަވަރުކުރަން ސަލަފުން ގޮވާލައިފި
ގައުމީ އަސާސްތަކާއި މަސްލަހަތުތައް ގުރުބާންކޮށްގެން ހޯދާ އިގުތިސާދީ ތަރައްގީއަކަށް ވެގެން ނުވާނެ ކަމަށް ބުނެ، ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގައި ކަށަވަރުކުރަންޖެހޭ މުހިންމު 8 ކަމެއް ބަޔާންކޮށް ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް ގޮވާލައިފިއެވެ.
ގައުމީ އަސާސްތަކާއި މަސްލަހަތުތައް ގުރުބާންކޮށްގެން ހޯދާ އިގުތިސާދީ ތަރައްގީއަކަށް ވެގެން ނުވާނެ ކަމަށް ބުނެ، ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގައި ކަށަވަރުކުރަންޖެހޭ މުހިންމު 8 ކަމެއް ބަޔާންކޮށް ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް ގޮވާލައިފިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަފާތު ދީންތަކާއި ސަގާފަތްތަކުގެ ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭނެ ސަރަހައްދުތައް ގާއިމުކުރުމުގެ ސަބަބުން، މުސްތަގުބަލުގައި ދީނީ މިނިވަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ދުސްތޫރީ ނިޒާމަށާއި، އިސްލާމީ ޝަހުސިއްޔަތަށާއި މިނިވަންކަމަށް ބުރޫނާރާނެހެން އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް މިހާރުގެ ސަރުކާރަށާއި ކުރިއަށް އޮތް ސަރުކާރުތަކަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ސަލަފުން ކަށަވަރުކުރަން ހުށަހެޅި 8 ކަންތައް:
އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުން
ދައުލަތުގެ ސިޔާދަތީ ސްޓްރެޓީޖިކް މިނިވަންކަން ދެމެހެއްޓުން
އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގުތިސާދީ އަމާޒުތަކެއް ހިފުން
ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުން
ހުޅުވާލެވިފައިވާ އިގުތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުން: މީގެ މާނައަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ބަންދުކުރުމެއް ނޫން ކަމަށާއި، ނަމަވެސް އެކަން ވާންވާނީ ގައުމީ އަސާސްތައް ދަމަހައްޓައިގެން ކުރާ ކަމަކަށެވެ.
ދާއިމީ މޮނިޓަރިން ނިޒާމެއް އެކުލަވާލުން
އިޖުތިމާއީ އަސަރުތައް ވަޒަންކުރުން
އިދިކޮޅު ފަރާތްތަކުންނާއި ބައެއް ދީނީ އިލްމުވެރިން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަންފާއެއް ހޯދަން މަސައްކަތްކުރި ނަމަވެސް، މަޝްރޫއުގެ ފުރިހަމަ ބާރު އޮތީ ދައުލަތަށް ކަމަށެވެ.
ޕްރޮޕަޓީތައް ދޫކުރަނީ 99 އަހަރަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން އޮޓޮމެޓިކުން ރިނިއު ނުވާނެ ކަމަށެވެ. މުއްދަތު ހަމަވުމުން ތަންތަން ވިއްކަން ޖެހޭނީ ދިވެހި ދައުލަތަށް ކަމަށާއި، ސަރުކާރަށް ނޭނގި އެހެން ފަރާތަކަށް ވިއްކައި ނުލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގެ އެއްވެސް ތަނެއް އިޒްރޭލުގެ ރައްޔިތަކަށް މިލްކުކުރުމާއި، ކުއްޔަށް ދިނުން ގާނޫނުން މުޅިން މަނާވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް