އީގަލް ހިލްސްގެ އެއްބަސްވުން މަޖިލީހާ ހިއްސާކުރާނަން: ރައީސް
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއަކީ ރާއްޖެއަށް އެތައް ގޮތަކުން މަންފާކުރާނެ މަޝްރޫއެއް ކަމަށާއި، އެ ކުންފުންޏާއެކު ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއަކީ ރާއްޖެއަށް އެތައް ގޮތަކުން މަންފާކުރާނެ މަޝްރޫއެއް ކަމަށާއި، އެ ކުންފުންޏާއެކު ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ބޭރުގެ ފަރާތްތަކަށް ޕްރޮޕަޓީ ވިއްކާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ދައުލަތުގެ ޒިންމާދާރުކަން ކަށަވަރުކުރުމުގެ ގޮތުން، ރިއަލް އެސްޓޭޓް ޓޫރިޒަމާ ބެހޭ ޚާއްސަ ބިލެއް މަޖިލީހަށް ހުށަހަޅައި، އާންމުންގެ ޚިޔާލަށް ހުޅުވާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ
ރަސްމާލެއަކީ ދިވެހިރާއްޖޭގެ ފަސްގަނޑެއް ކަމުން، އެތަނުގައި ހިނގާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ކަމަށާއި، ސަލާމަތީ ގޮތުންނާއި ތަންފީޒީ ގޮތުން އެތަނުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ފުލުހުންނާއި ސަލާމަތީ ޚިދުމަތްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެތަނުގައި ބޭރުގެ މީހުން ދިރިއުޅުނު ނަމަވެސް، ރަލާއި އޫރުމަހުގެ ވިޔަފާރިއާއި ކެސީނޯ ހިންގުން ފަދަ ނޭދެވޭ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެ ކަމަށާއި، ފަސް ވަގުތު ބަންގި ގޮވައި މިސްކިތްތައް އަޅާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެ ހުރިހާ ކަމެއް އެއްބަސްވުމުގައްޔާއި ގާނޫނުގައި ކަށަވަރުކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ބޭރު މީހުންނަށް ޕްރޮޕަޓީ ވިއްކުމުގެ އުސޫލު:
އެއް ގައުމަކަށް ދެވޭނެ އެންމެ މަތީ މިންވަރު: އެއްވެސް ވަކި ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެންވެސް ގަނެވޭނީ ޖުމްލަ ޕްރޮޕަޓީގެ 25 ޕަސެންޓެވެ.
އިޒްރޭލުގެ ރައްޔިތުން މަނާކުރުން: ރަސްމާލޭގެ މޯލްޑިވްސް މެރީނާ އެންޑް ވޯޓާފްރޮންޓުން އެއްވެސް ތަނެއް އިޒްރޭލުގެ ރައްޔިތަކަށް ވިއްކުމާއި، ކުއްޔަށް ދިނުން އަދި އެންމެ ދުވަހަކަށްވެސް އެތަނަށް ދިއުން ގާނޫނުން މުޅިން މަނާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މައިގަނޑު މާކެޓް: ރަސްމާލެއިން ތަންތަން ގަތުމުގެ ޝައުގުވެރިކަން މައިގަނޑު ގޮތެއްގައި ފާޅުކޮށްފައިވަނީ އަރަބި އިސްލާމީ ގައުމުތަކުގެ މުސްލިމުން ކަމަށްވާތީ، އެތަނުގައި ތިބޭނީ ދިވެހިންނާއި އެހެން ގައުމުތަކުގެ މުސްލިމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް