ބަޖެޓުގެ ހުލާސާއެއް ؛ ފެންނަނީ އުންމިދީ ބަދަލުތަކެއް
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް 2027 ވަނަ އަހަރު 8،2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މީގެ ތެރެއިން 67.3 އިންސައްތަ ނުވަތަ 5،5 ބިލިއަން ރުފިޔާއަކީ އެތެރޭގެ ފައިސާއިން ކުރާ ޚަރަދެވެ. އަދި 28.5 އިންސައްތަ ނުވަތަ 2،3 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނު އެހީގެ ދަށުން ހޭދަކުރާ ފައިސާއެވެ.
އަންނަ ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59،7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު މިއީ މި އަހަރުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅި 64،2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިއީ މި ބަޖެޓުން ފެންނަ އުންމިދީ އެއް މަންޒަރެވެ. އަހަރުން އަހަރަށް ބަޖެޓު ބޮޑުވެ، ހަރަދު އިތުރުވަމުން ދިއުން މި ބަޖެޓުން ކަޑުވެފައިވާކަމުގެ އުންމީދީ ނިޝާނެއް ފެންނަން އެބައޮތެވެ. އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމާއެކު ބަޖެޓުގެ ޖުމްލަ ކުޑަވުމަކީ ހަރަދު ކުޑަކުރަމުންދާ ކަމުގެ ނިޝާނެވެ، އުންމިދީ ބަދަލުތަކެކެވެ.
އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 52،6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 33،6 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލަފާކުރާ 9،168.9 ބިލިއަން ރުފިޔާގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލަފާކުރާ 349.3 މިލިއަން ރުފިޔާ ހިމެނެއެވެ.
އަންނަ އަހަރު ބަޖެޓުގެ އޯވަރޯލް ބެލެންސް ނުވަތަ ޑެފިސިޓް އުޅެނީ -9،442.5 މިލިއަން ރުފިޔާގައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ބަލާނަމަ -7.3 އިންސައްތަ އެވެ. މުޅި ބަޖެޓުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 42،7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 9،8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ލޯނުގެ ޚިދުމަތުގެ ޚަރަދަށް 4،9 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ އާންމު ޚިދުމަތްތަކަށެވެ. އެއީ މުޅި ބަޖެޓުގެ 24.1 އިންސައްތަ ނުވަތަ 14،411.6 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން:
ޞިއްޙަތަށް 10،1 ބިލިއަން ރުފިޔާ )17.6 އިންސައްތަ) ވަނީ ކަނޑައަޅާފައެވެ.
އިޤްތިޞާދީ ކަންކަމަށް 9،6 ބިލިއަން ރުފިޔާ )16.1 އިންސައްތަ) ވަނީ ކަނޑައަޅާފައެވެ.
ތަޢުލީމަށް ކަނޑައަޅާފައިވަނީ 6،7 ބިލިއަން ރުފިޔާ (11.4 އިންސައްތަ) އެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް 2027 ވަނަ އަހަރު 8،2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މީގެ ތެރެއިން 67.3 އިންސައްތަ ނުވަތަ 5،5 ބިލިއަން ރުފިޔާއަކީ އެތެރޭގެ ފައިސާއިން ކުރާ ޚަރަދެވެ. އަދި 28.5 އިންސައްތަ ނުވަތަ 2،3 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނު އެހީގެ ދަށުން ހޭދަކުރާ ފައިސާއެވެ.
އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމުލަ ދަރަނި 161،3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 124.5 އިންސައްތައެވެ. ނަމަވެސް 2029 ވަނަ އަހަރާ ހަމައަށްދާއިރު މި ނިސްބަތް 112.9 އިންސައްތައަށް ދަށްވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4،4 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް