ހަރަދުތައް ކުޑަކުރުމުން، އެސްޓީއޯގެ ފައިދާ %23 އިތުރުވެއްޖެ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެސްޓީއޯއަށް ލިބުނު އާމްދަނީ 7 އިންސައްތަ ދަށްވި ނަމަވެސް، ކުންފުނީގެ ހަރަދުތައް ކުޑަކޮށް މެޑިކަލް ސެގްމަންޓް ރިސްޓްރަކްޗަރ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ފައިދާ 23 އިންސައްތައިން އިތުރުވެއްޖެއެވެ.

އެސްޓީއޯ އިން 29 އޮކްޓޯބަރ 2026 ގައި ޝާއިޢުކޮށްފައިވާ ގައި ބަޔާންކޮށްފައިވާ ގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު މި ކުއާޓަރުގައި ތެލުގެ އަގު ދަށްވުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެހެންނަމަވެސް، ތެލުގެ އަގު ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައެވެ.
ތެލުގެ ވިޔަފާރީގެ އާމްދަނީ ދަށްވި ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމާއެކު، މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗަރއާއި ގުޅިގެންނާއި، އަދި އެހެނިހެން ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުމުގެ ސަބަބުން، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވި ނަމަވެސް، އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއެކު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 281 މިލިއަން ރުފިޔާ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް