ރަސްމާލެ މަޝްރޫއާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ތާވަލުކޮށްފި
ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި ޕާޓީން ގެންގުޅޭނެ ސިޔާސަތަކާއި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި ޕާޓީން ގެންގުޅޭނެ ސިޔާސަތަކާއި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ބައްދަލުވުން ބާއްވަން ނިންމީ ގައުމީ މަޖިލީހުގެ 60 މެންބަރަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.
އެމްޑީޕީން އީގަލް ހިލްސްއާ ދެކޮޅަށް ތެދުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަޓްސްއެޕް ގްރޫޕުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޕާޓީން ކުރިން ނެރުނު ބަޔާނާ ޚިލާފަށް އަމަލުތައް ނުބެހެއްޓުމަށް މަޖިލިސް މެންބަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ބައެއް މެންބަރުން ދެކޭ ގޮތުގައި މިފަދަ މަޝްރޫއަކަށް އެމްޑީޕީން ދީލައިލައިގެން ނުވާނެއެވެ. އަދި އެކަމާ ދެކޮޅަށް ޕާޓީން ސީދާ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ވަކާލާތުކުރެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ މި މަޝްރޫއާ މެދު ސުވާލު އުފައްދަވައި، އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ މަޝްރޫއަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ފެއްޓެވި ހަރަކާތުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އަމިއްލަ ހައިސިއްޔަތުން ބައިވެރިވި ނަމަވެސް، ޕާޓީގެ ފަރާތުން ރަސްމީކޮށް އެ ހަރަކާތުގައި އަދި ބައިވެރިއެއް ނުވެއެވެ.
އެމްޑީޕީން ކުރިން ނެރުނު ބަޔާނުގައި ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައިވީ ނަމަވެސް، އީގަލް ހިލްސްގެ މުއާމަލާތާ ގުޅިގެން ސަރުކާރުން ހާމަކުރި މައުލޫމާތާއި ކުންފުނީގެ މައުލޫމާތާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އެކަންކަން ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް