2027 ބަޖެޓް

2027 ބަޖެޓް : 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފި

އަންނަ ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 59،7 ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. އެއީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާއެވެ.

29 October 2026
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު ޒަރީރު ބަޖެޓު ހުށަހަޅާ ދެއްވަނީ
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު ޒަރީރު ބަޖެޓު ހުށަހަޅާ ދެއްވަނީ

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފިއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓް ހުށަހަޅުއްވައި ދެއްވި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ.

އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތި ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި، ދައުލަތުގެ ޓެކްސްގެ ނިޒާމު އެފިޝިއެންޓްކޮށް، މިހާރު ހުރި ލޫޕްހޯލްތައް ބައްދައި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން، އީ-އިންވޮއިސިންގ ތައާރަފުކުރުމާއި، މިއަހަރު ތައާރަފު ކުރެވުނު މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމްގެ ބޭނުން ހަރުދަނާކުރުމަށް ވަނީ ރޭވިފައެވެ. އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށާއި، ޓެކުހުގެ ޤާނޫނުތަކަށް އިސްލާހުތައް ގެނައުމަށް ވެސް މި ބަޖެޓުގައި ވަނީ ހުށަހަޅާފައެވެ.

އަންނަ ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 59,7 ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. އެއީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ އާމްދަނީ، ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމާއި، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީއިން ފޫބެއްދުމަކީ އަންނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން އަމާޒުހިފާފައިވާ ކަންކަމެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް